Last Updated: April 7, 09:39
Monday, April 7, 2025
ޚަބަރު

އެމްޕީއެލްގެ ބޯޑު މެންބަރަކު ވަކިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރަކަށް ހުންނެވި ޝިޔާމް އިބްރާހިމް އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

އެކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާކޮށްފައިވެ އެވެ. ނަމަވެސް އެމްޕީއެލްގެ ބޯޑުން ޝިޔާމް ވަކި ކުރި ސަބަބެއް ނޭނގެ އެވެ.

ޝިޔާމް ވަނީ އެމްޕީއެލްގައި 25 އަހަރު ޚިދުމަތް ކުރައްވައިފަ އެވެ. އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އޭނަ އައްޔަންކުރީ 2023 ގެ ޑިސެމްބަރު މަހު އެވެ.

މިދިޔަ މަހުގެ ތެރޭގައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު/ސީއީއޯއަކަށް ހުންނެވި މުހައްމަދު ވަޖީހު ވެސް އެ މަގާމުން ވަކިކޮށް، އާ އެމްޑީއަކަށް މުހައްމަދު ރިޝްވާން އައްޔަންކޮށްފަ އެވެ.