އިންޑިއާގެ މަޝްހޫރު ބަތަލާ ކާޖޮލްގެ ފުރަތަމަ ބިރުވެރި ފިލްމު މި އަހަރުގެ ޖޫންގައި ގެނެސްދޭން ނިންމައި، ފިލްމުގެ މޯޝަން ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.
"މާ" ގެ ނަން ދީފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ޖޫން 27 ގަ އެވެ. މި ފިލްމަކީ ކާޖޮލްގެ ފިރިމީހާ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު ކުންފުނި، އޭޑީޑީ ފިލްމްސް އާއި ޖިއޯ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ އެއްޗެކެވެ.
"މާ" ގެ ޑައިރެކްޓަރަކީ ކުރިން ވެސް ކާމިޔާބު ބިރުވެރި ފިލްމެއް ގެނެސްދީފައިވާ ވިޝާލް ފޫރިއާ އެވެ. އެ ފިލްމަކީ އޭނަ 2017 ގައި ގެނެސްދިން މަރާޓީ ބިރުވެރި ފިލްމު "ލަޕަޗަޕީ" ގެ ހިންދީ ރިމޭކް "ޗޯރީ" އެވެ. ދެހާސް އެކާވީހުގައި ރިލީޒްކުރި އެ ފިލްމުގެ މައިގަނޑު ތަރި އަކީ ނުޝްރަތު ބަރޫޗާ އެވެ.
ކާޖޮލްގެ "މާ" ގެ ކާސްޓްގައި ރޯނިތު ރޯއި، އިންދުރަނީލް ސެންގުޕްތާ އަދި ކެރިން ޝަރުމާ ހިމެނެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ތުރިލާ "ދޯ ޕައްތީ" އެވެ.