Last Updated: April 2, 22:48
Wednesday, April 2, 2025
ރިޕޯޓް

ރޯދަ ރަހަ: މަޓަން ރޯލްސް

* ބޭނުންވާ ތަކެތި:

1 ބޮޑު ޕާން
1 ޖޯޑް ފާރޯށި ކުނޑި
2 ބިސް
3 ފިޔާ
1 ޖޯޑު މަޓަން
1 ގިތެޔޮ މިރުސް
1 ސައި ސަމުސާ ޗިލީ ޕައުޑަ
1 ސައި ސަމުސާ ރީނދޫ
½ ސަމުސާ އަސޭމިރުސް
½ ސަމުސާ ލޮނު
½ ސަމުސާ ގަރަމް މަސާލާ

* ތައްޔާރު ކޮށްލާނެ ގޮތް:

ފުރަތަމަ ތަވާ އުދާލާފައި ރަނގަޅަށް ހޫނުވީމައި ފިޔާކޮޅު އަޅާ ވަޅޯކޮށްލާށެވެ. ފިޔާކޮޅު ރަނގަޅަށް ވަޅޯވުމުން ބާކީ ހުރި ހުރިހާ އެއްޗެހި އެއްކޮށްލާފައި 10 މިނިޓް ވަންދެން ރަނގަޅަށް މަޑުގިނީގައި ކައްކާލާށެވެ. އެއަށް ފަހު ހިހޫ ވަންދެން ބަހައްޓާށެވެ.

ދެން ޕާން ފޮތިތައް ކައިރި ނަގާލާފައި ޕާން ފޮތިތައް ރޮށި ފަތުރާ ގޮތަށް ފަހަރަކު ފޮއްޗެއް ފަތުރާލާފައި އޭގެ ތެރެއަށް ހެދި އެތިކޮޅު އަޅާލާފައި ފަހަރަކު ފޮއްޗެއް ރަނގަޅަށް ރޯލު ކޮށްލާފައި ފުރަތަމަ ފެން ފޮދަކަށް ލާފައި އޭގެ ފަހުގައި ބިސްކޮޅެއް ލާފައި ދެން ފާރޮށި ކުނޑި ހޭކުމަށް ފަހު ތެލުލާލާނީ އެވެ.

ސާވްކުރާ އިރު، ސޯހާ އެކު ސާވްކުރާށެވެ.