ސިފައިންނާއި ފުލުހުން ގުޅިގެން މިރޭ، މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން "ފޭސްބުކް"ގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ ފުލުހުންނާއި ސިފައިންނާއި ގުޅިގެން މާލެ ސަރަހައްދުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
މިއީ ގައުމީ ސަލާމަތާއި ގުޅުންހުރި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.
ފުލުހުން ވަނީ މި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ބުނެފަ އެވެ.