ސިފައިންނާއި ފުލުހުން ގުޅިގެން މިރޭ، މާލެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަނުގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ ފުލުހުންނާއި ސިފައިންނާއި ގުޅިގެން މާލެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށް، އެމީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ.
މިއީ ގައުމީ ސަލާމަތާއި ގުޅުންހުރި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.
ފުލުހުން ވަނީ މި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ބުނެފަ އެވެ.