Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

ފިޔަވަތީގެ ކުދިންނަށް ޤުރުއާން މުބާރާތެއް ބާއްވައިފި

ފިޔަވަތީގައި ބަލަހައްޓަމުން އަންނަ ކުދިންނާއި އެތަނު މުވައްޒަފުންނަށް ހާއްސަކޮށްގެން ޤުރުއާން މުބާރާތެއް ބާއްވައިފި އެވެ.

ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނީ މި މުބާރާތުގެ މަގުސަދަކީ ރޯދަ މަހަކީ ކީރިތި ޤުރްއާން ބާވައިލެއްވި މަހަށްވާތީ ކުދިންނާއި މުވައްޒަފުންގެ ހިތުގައި ދީނީ ރޫޙް އާލާކޮށް ޤުރުއާން ކިޔެވުމަށް ބާރު އެޅުން ކަމަށެވެ.

އެގޮތުން މި މުބާރާތް ބޭއްވީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ތިބި 5-7 އަހަރާއި 7-10 އަހަރާއި 10-13 އަހަރާއި 13 އަހަރުން މަތި، އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކެޓަގަރީ އާއި، މުވައްޒަފުންގެ ބައި ހިމެނޭހެން ޖުމްލަ 6 ކެޓަގަރީއަކަށެވެ.

މި މުބާރާތުގައި ގިނަ އަދަދެއްގެ ކުދިންނާއި މުވައްޒަފުން ބައިވެރިވެފައިވެ އެވެ.