Last Updated: April 11, 11:14
Friday, April 11, 2025
މުނިފޫހިފިލުވުން

ކަރަން އަލަށް ޕަންޖާބީ ފިލްމެއް ޕްރެޒެންޓްކޮށް ދެނީ

ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަލަށް ޕަންޖާބީ ފިލްމެއް ހިންދީ އޯޑިއަންސަށް ގެނެސްދޭން ހިއްސާވެއްޖެ އެވެ.

މި ފިލްމަކީ އަންނަ މަހުގެ 10 ގައި ގެންނަން ތާވަލުކޮށްފައިވާ ޕީރިއަޑް ފިލްމު "އަކާލް: ދި އަންކޮންކާޑް" އެވެ. މިއީ މަޝްހޫރު ޕަންޖާބީ އެކްޓަރު ގިއްޕީ ގަރެވާލް ލިޔެ، ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި ކުޅެފައިވާ ފިލްމެވެ. "އަކާލް" އަކީ ގިއްޕީގެ ފިލްމު ކުންފުނި ހަމްބަލް މޯޝަން ޕިކްޗާސްގެ އުފެއްދުމެކެވެ.

މީގެ ހިންދީ ވާޝަން ސިނަމާޔަކަށް ގެނައުމުގެ ޒިންމާ ނަގާނީ ކަރަންގެ ދަރުމާއިންނެވެ. މިއީ އެ ސްޓޫޑިއޯ އިން މިގޮތަށް ޕަންޖާބީ ފިލްމެއްގައި ހިއްސާވި ފުރަތަމަ ފަހަރެވެ.

އެކަމަކު މީގެ ކުރިން ދެކުނުގެ ބައެއް ފިލްމުތަކުގެ ހިންދީ ވާޝަން އެ ސްޓޫޑިއޯ އިން ޕްރެޒެންޓްކޮށް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޑައިރެކްޓަރު ރާޖަމޯލީގެ "ބާހްބަލީ" ގެ ދެ ފިލްމާއި އޭނަގެ "އާރްއާރްއާރް" އެވެ.