އަރަބި ބަސް ދަސްކޮށް ދޭން ގާއިމުކުރަން ހަމަޖެހިފައިވާ "އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސް" ރާއްޖޭގައި ރަޖިސްޓްރީކޮށްފި އެވެ.
މިއީ ސަޢުދީ އަރަބިޔާ އިން ސައުތު އޭޝިޔާގައި ޤާޢިމްކުރާ މިފަދަ ފުރަތަމަ އިންސްޓިޓިއުޓެވެ.
އެ އިންސްޓީޓިއުޓް ރަޖިސްޓްރީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރާއި އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސްގެ ޑައިރެކްޓަރު ޞާލިހް ސުލައިމާން ހ. އަލާރަޖާ ވަނީ މިނިސްޓްރީގައި ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
"އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސް" ގާއިމު ކުރުމަކީ ޢަރަބި ބަސް މުޅި ދުނިޔެ އަށް ފުޅާކުރުމަށް ސައުދީން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތުގެ ދަށުން ނިންމަވާފައިވާ ނިންމުމެކެވެ. މިކަން ސައުދީ ރަސްގެފާނުގެ އެންގެވުމަށް ކުރިއަށް ގެންދަނީ އެ ގައުމުގެ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަސިޓީއާ ހަވާލުކޮށްގެންނެވެ.
އެތަނުން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ގާއިމުކުރާ މައުހަދުގެ ޑިރެކްޓަރަކަށް ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އައްޔަންކޮށް، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއާ ގުޅިގެން އެ މައުހަދު ގާއިމުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށެވެ.