Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

މި އަހަރު ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި

ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި އެވެ.

އެ މީހުން ހޮވީ މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ގުރުއަތެއްގަ އެވެ.

ސަރުކާރުުގެ ހަރަދުގައި ހައްޖަށް ފޮނުވަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނެވެ. އެގޮތުން ހިލޭ ޙައްޖަށް މީހުން ފޮނުވުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތު ހަމަވާ 302 މީހެއްގެ މެދުގައި ނެގުނު ގުރުއަތުން ވަނީ ޙައްޖަށް ފޮނުވާނެ 50 މީހުން މިހާރު ވަނީ ހޮވައިފައެވެ.

މިނިސްޓްރީން ވަނީ އެ މީހުންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ހައްޖު ދަތުރުގައި ބައިވެރި ނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެ ނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ގުރުއަތުން ހޮވައިފަ އެވެ.

ދަޢުލަތުގެ ޚަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސް އިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގައި 1،000 ފަޤީރުން ޙައްޖަށް ފޮނުއްވަން އޮތީ ނިންމައިފަ އެެވެ.