Last Updated: April 22, 11:53
Tuesday, April 22, 2025
ޚަބަރު

ސީއެސްސީގެ ނައިބު އިސްތިއުފާ ދެއްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސީއެސްސީގެ ނައިބް ރައީސްގެ މަގާމުން ރަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ ވަކިކުރުމުގެ މަސައްކަތުގެ މަރުހަލާ ފެށުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ.

އެކަމަކު އޭނާ ވަކިކުރުމުގެ މަަރުހަލާ ފަށަން ކޮމިޓީން ނިންމީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެ އެވެ.

ސީއެސްސީގެ ނައިބް ރައީސް ކަމަށް ރަޝީދު އައްޔަންކުރީ ސެޕްޓެމްބަރު 3، 2020 ގަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވެސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް ތަޅުމުގައި ނިންމީ އޭނަ މަގާމުގައި ބެހެއްޓުމަށެވެ.