Last Updated: April 22, 06:16
Tuesday, April 22, 2025
ޚަބަރު

މި ރޯދަ މަހު ވެސް ފަހު 10 ގައި ސަރުކާރު ބަންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް--

މި މަހުގެ 20 ވަނަ ދުވަހުން ދުވަހުން ފެށިގެން ރަމަޟާންމަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިގޮތަށް ނިންމީ މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް އޮފީހުން މިދިޔަ އަހަރުގެ ފެބްރުއަރީ 4 ގައި ނެރުނު ދެންނެވުމުގައި ހަމަޖައްސާފައިވާތީ އެވެ.

މިގޮތަށް ހަމަޖެއްސީ އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރަމަޟާންމަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.