* ބޭނުންވާ ތަކެތި:
1 މޭޒުމަތީސަމުސާ ތެޔޮ
2 މޭޒުމަތީސަމުސާ ފިޝް ސޯސް
1 މޭޒުމަތީސަމުސާ ފިޔާ (ކޮށާފައި)
1 މޭޒުމަތީސަމުސާ ލޮނުމެދު (ކޮށާފައި)
1 ސައިސަމުސާ ލުނބޯތޮށި (ގާނާފައި)
¼ ބަދަން (ކޮށައި އަދި ހަނާކޮށްފައި)
1 މޭޒުމަތީސަމުސާ ބެސިލް (ކޮށާފައި)
1 މޭޒުމަތީސަމުސާ ކޮތަންބިރި ފަތް (ކޮށާފައި)
½ ސައިސަމުސާ އިނގުރު (ކޮށާފައި)
1 ސައިސަމުސާ ރޯމިރުސް (ރަތް މިރުސް، ތުނިކޮށް ކޮށާފައި)
2 ޖޯޑު ހަނޑޫ (ޖޭސްމީން ރައިސް)
3 ޖޯޑު ފެން
ރަހަލާ ވަރަށް ލޮނު ކޮޅެއް
* ތައްޔާރު ކުރާނެ ގޮތް:
ތަވައެއްގައި ތެޔޮކޮޅެއް ހޫނުކުރުމަށް ފަހު ފިޔާ، ލޮނުމެދު، އިނގުރު، މިރުސްކޮޅު އެއްކޮށް 20 ސިކުންތުވަރު ވަންދެން އުނދުންމަތީ މީރުކޮށްލާށެވެ. ތިން ޖޯޑު ފެން އެޅުމަށްފަހު ލޮނާއި އަސޭމިރުސްކޮޅެއް އަޅާލައި ކައްކާލާށެވެ. ފެންގަނޑު ކެކިގަތުމުން ހަނޑޫކޮޅާއި ފިޝްސޯސް އަޅައި އެއްފަހަރު ހާކާލުމަށްފަހު ކެކެންދެން ބަހައްޓާށެވެ. މަތިޖެހުމަށްފަހު ގިނިމަޑުކޮށް 20 ވަރަކަށް މިނިޓު ކައްކާލާށެވެ.
އުނދުން ނިވާލުމަށްފަހު މަތި ނުނަގައި 10 މިނިޓުވަރު ބަހައްޓާލާށެވެ. އެއަށްފަހު ގާނާފައި ހުރި ލުނބޯތޮށި، ބެސިލް އަދި ކޮތަންބިރި ފަތްކޮޅު އަޅާލައި އެއްކޮށްލާށެވެ.
ހަނާކުރި ބަދަންކޮޅެއް މައްޗަށް ބުރުވާލައި، މިރުސްކޮޅަކުން ވެސް ޑިޝް ގާނިޝްކޮށްލެވިދާނެ އެވެ.