މާލޭގެ ބައެއް ސަރަހައްދުތަކުގައި ބޮޑުވި ފެންގަނޑު ހިންދަން ސިފައިން ނުކުމެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މިގޮތުން މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 6 ޕަންޕު ބަހައްޓައިގެން ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މާލެ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް މިރޭ 11 ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.