Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ސާފް ޗެމްޕިއަންޝިޕް ލަންކާގައި ބާއްވަނީ

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ސްރީ ލަންކާގައި ބާއްވަން ނިންމައިފި އެވެ.

ދެކުނު އޭޝިއާގެ އެންމެ ވާދަވެރި މި މުބާރާތް އެންމެ ފަހުން ބޭއްވީ 2023 ގައި އިންޑިއާގަ އެވެ.

އެ ގައުމުގެ ބެންގަލޫރްގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ޗެމްޕިއަނަކީ ވެސް އިންޑިއާ އެވެ. އަދި އެއީ އިންޑިއާ ސާފު ޗެމްޕިއަންޝިޕްގެ ނުވަ ވަނަ ފަހަރަށް ހޯދި މުބާރާތެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންސްޝިޕް ބާއްވަން ތާވަލުކޮށްފައި ވަނީ ޖޫން 22 އިން ޖުލައި 5 އަށެވެ. މި މުބާރާތުގައި ސާކްގެ 7 ގައުމުން ވާދަކުރާނެ އެވެ. އެއީ ރާއްޖެ، ލަންކާ، އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، ޕާކިސްތާން އަދި ބޫޓާނެވެ.

އަވައްޓެރި ލަންކާގައި ސާފް ޗެމްޕިއަންޝިޕް މި ބާއްވަނީ 17 އަހަރަށް ފަހު އެވެ. އެންމެ ފަހުން އެ ގައުމުގައި އެ މުބާރާތް ބޭއްވީ 2008 ގަ އެވެ.

ސާފް ޗެމްޕިއަންޝިޕް ބާއްވަމުން އަންނަނީ 1993 އިން ފެށިގެންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ އިން ދެ ފަހަރަށް ހޯދާފައިވެ އެވެ. އެއީ 2008 އާއި 2018 ގަ އެވެ.