Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

އުރީދޫގެ 5ޖީ މިހާރު އާބާދީގެ 80 ޕަސެންޓަށް

އުރީދޫ މޯލްޑިވްސްގެ 5ޖީ ހިދުމަތް މިހާރު ރާއްޖޭގެ އާބާދޫގެ 80 ޕަސެންޓަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެެވެ.

އުރީދޫން ބުނީ މި ކާމިޔާބީއާއެކު އުރީދޫ 5ޖީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކް ކަމަށެވެ. އެ ކުންފުނިން ބުނީ ހަލުވި އިންޓަނެޓް ސްޕީޑާއިއެކު ކުރިއަށް ވުރެ ގިނަ ބަޔަކަށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު މިހާރު ފަހިވެގެން ދުޔައީ ކަމަށެވެ.

މިއާ އެކު އުރީދޫގެ 5ޖީ ރާއްޖޭގެ މީހުން އުޅޭ 79 ރަށަކަށާއި އަދި ރިސޯޓަކަށް މިހާރު ލިބެ އެވެ. މިކަމަށް ހާއްސަ 225، 5ޖީ ސައިޓު ބެހެއްޓިފައިވާ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސް އިން 5ޖީގެ ހިދުމަތް ތައާރަފުކުރީ 2020 ގަ އެވެ.

އެ ކުންފުނިން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކޮށް ދިނުމަށް ކަމަށެވެ.