Last Updated: April 7, 10:42
Monday, April 7, 2025
ޚަބަރު

މިފްކޯ އިން ޒުވާނުންނަށް ފުރުސަތު ފަހިކޮށް ދޭނެ

މިފްކޯ އިން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

އެ ކުންފުންޏާ އެކު އިއްޔެ މި މަޝްވަރާ ބޭއްވީ ނޭޝަނަލް ކެރިޔާ ސަރވިސެސް (އެންސީއެސް) ގެ ފަރާތުންނެވެ. އެ ބައްދަލުވުމުގައި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮށް ދޭން ދެ ފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރި އެެވެ.

އެގޮތުން މިފްކޯގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުން ވަޒީފާގެ ފުރުޞަތުތަށް ހުޅުވާލުމަށް މަސައްކަތްކުރާނެ ސަރުކާރުގެ މަސް ކުންފުނިން ބުންޏެވެ. މިފްކޯ އިން ބުނީ ވަޒީފާ ދިނުމުގައި ދިވެހިންނަށް އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ.

ސަރުކާރު ނިސްބަތްވާ ކުންފުނިތަކުގައި، ވަޒީފާ ޢަދާކުރާ ދިވެހިންގެ ޢަދަދު އިތުރު ކުރުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެންސީއެސް މެދުވެރިކޮށް ތަފާތު އެކި މަސައްކަތްތަކެއް ކުރަމުންނެވެ.

ޒުވާނުންނަށް މިފްކޯ އިން ވަޒީފާގެ ފުރުސަތުތައް ހޯދަން މަޝްވަރާކުރި އިރު، މަސްވެރިކަމުގެ ދާއިރާ އިން ޒުވާން ތައުލީމީ މީހުން ބިނާކުރަން މިހާރު އަންނަނީ ފިޝަރީޒް ކޮލެޖެއް ވެސް ހިންގަމުންނެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެފައިވާ ގޮތުގައި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި ދާއިރާ އަށް ޒުވާނުން ނެރެން ސަރުކާރުން ހާއްސަ އިސްކަމެއް ވެސް ދޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ