ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާ މީހުން ހޯދަން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ އެ މީހުން މަސައްކަތް ކުރަން ޖެހެނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ހިންގަމުން އަންނަ މިނިސްޓްރީގައި ކަމަށާއި ވޮލަންޓިއަރުން ކުރަން ޖެހެނީ މިނިސްޓްރީގެ އިދާރީ މަސައްކަތްތައް ކަމަށެވެ.
އެހެންވެ ވޮލަންޓިއާކޮށް މަސައްކަތް ކުރަން ޝައުގުވެރިވާ އޯ ލެވެލް ފެންވަރުގެ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 3026951 އާއި 3026914 އަށް ގުޅައިގެން ހޯދޭނެ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވޮލެންޓިއާކޮށް މަސައްކަތް ކުރުމުގެ މުއްދަތު ނިމުމުން ތަޖުރިބާގެ ލިޔުމެއް ދޭނެ ކަމަށެވެ.