މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު،އަހުމަދު ނަރީޝް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭަނ އަކީ ކައުންސިލުގައި މާފަންނު މެދު ދާއިރާ ތަމްސީލު ކުރައްވާ މެންބަރެވެ. އެވެ.
ސަބަބެއް ހާމަނުރައްވައި ނަރީޝް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި ބުނީ އޭނާއަށް ވޯޓު ދެއްވި ރައްޔިތުންނަށާއި އެ މަގާމަށް އޭނާ ހޮވައިދިނުމަށް މަސައްކަތް ކުރި ޕީޕީއެމް، ޕީއެންސީގެ ލީޑަޝިޕަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް، މާލެ ކައުންސިލްގެ ޑެޕިއުުޓީ މޭޔަރު އިސްތިއުފާ ދެއްވި އިރު، މޭޔަރަކީ އެމްޑީޕީ އަށް ނިސްބަތްވާ އާދަމް އާޒިމެވެ. އޭނަ އެ މަގާމަށް އިންތިހާބުވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވުމަށް ފަހު، 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބު ކުރެއްވުމާ ގުޅިގެން، ބޭއްވި ބައި-އިލެކްޝަނުންނެވެ.