އެކި ފަހަރު މަތިން ތާރީހު ބަދަލު ކުރަމުން އައި ޑައިރެކްޓަރު އަނޫރާގް ބާސޫގެ "މެޓްރޯ އިން ދިނޯ" ސިނަމާތަކަށް ގެންނަ އާ ތާރީހަކަށް ޖުލައި 4 ހަމަޖައްސައިފި އެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްފައިވާ މި ފިލްމަކީ އަނޫރާގް 2007 ގައި ގެނެސްދިން ކާމިޔާބު އެންތޮލޮޖީ "ލައިފް އިން އަ…މެޓްރޯ" ގެ ފޮލޯއަޕެކެވެ. ނަމަވެސް ކުރީގައި ބައިގެ ކާސްޓުންގެ ތެރެއިން އާ ފިލްމުގައި ހިމެނޭ މައިގަނޑު ތަރި އަކޚ ކޮންކޮނާ ސެން ޝަރުމާ އެވެ.
"މެޓްރޯ އިން ދިނޯ" ގެ ކާސްޓްގައި ސާރާ އަލީ ޚާން، އަދިތިޔާ ރޯއި ކަޕޫރް، ފާތިމާ ސަނާ ޝައިހް، އަލީ ފަޒަލް، ޕަންކަޖް ޓްރިޕާތީ، ނީނާ ގުޕްތާ އަދި އަނޫޕަމް ކޭރް ހިމެނެ އެވެ.
މި ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރި އިރު، އަނޫރާގް މިހާރު އަންނަނީ ކާތިކް އާރިއަނާއި ސްރީލީލާ ހިމަނައިގެން އަސަރު ގަދަ ލޯބީގެ ފިލްމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ވެސް ޓީ ސީރީޒުން ޕްރޮޑިއުސްކުރާ އެއްޗެކެޗެ.
"މާޑާ" އާއި "ބަރްފީ" އަދި "ގޭންގްސްޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަނޫރާގްގެ އެންމެ ފަހުގެ ފިލްމަކީ ވެސް އެންތޮލޮޖީއެކެވެ. އެއީ 2020 ގެ "ލޫޑޯ" އެވެ.