Last Updated: April 1, 23:32
Tuesday, April 1, 2025
ދުނިޔެ

ސްޓާލިންކް އިންޑިއާ އަށް ދޭން އެއްބަސްވުންތަކެއް

އިންޑިއާ އަށް ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތް އެ ގައުމުގެ ދެ ކުންފުންޏާ އެކު ސްޕޭސް އެކްސް އިން ސޮއިކޮށްފި އެވެ.

މަހުޖަނު އީލޮނ މަސްކްގެ ކުންފުނިން ވަކިވަކިން ސޮއިކުރީ އިންޑިއާގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ރިލައިންސް ޖިއޯ އާއި އެ ކުންފުންޏާ ވާދަވެރި ބާރްތީ އެއާޓެލްއާ އެކީގަ އެވެ.

އެ ދެ ކުންފުންޏާ އެއްބަސްވުް ހެދި ނަމަވެސް ސްޓާލިންކްގެ ހިދުމަތް އިންޑިއާ އަށް ދިނުމަށްޓަކައި އިންޑިއާގެ ސަރުކާރުން ހުއްދަ އެކަމަށް ބޭނުންވެ އެވެ. އެ ހުއްދަ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ސްޕޭސް އެކްސް އިން ބުނީ ހުއްދަ ލިބުނުހާ އަވަހަކަށް ސްޓާލިންކްގެ ހިދުމަތް ޖިއޯ އާއި އެއާޓެލް މެދުވެރިކޮށް މުޅި އިންޑިއާ އަށް ފޯރުކޮށް ދޭނެ ކަމަށެވެ.

އެ ހިދުމަތް އިންޑިއާ އަށް ދޭން މަސައްކަތް ކުރަމުން އަންނަނީ 2021 އިން ފެށިގެންނެވެ.

ސެޓެލެޓައިޓް ވިއުގައަކުން ބިނާކުރަމުން އަންނަ ސްޓާލިންކްގެ ހިދުމަތް އެންމެ ފުރަތަމަ ދުނިޔެ އަށް ތައާރަފުކުރީ 2019 ގަ އެވެ. އެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 4.6 މިލިއަނަަށް އަރަ އެވެ. އަދި މިހާރު 113 ގައުމެއްގައި ސްޓާލިންކް ތައާރަފުކޮށްފައިވެ އެވެ.