ބޭނުންވާ ތަކެތި:
250 ގްރާމް އަލުވި (ހަތަރެސްކަނަށް ކޮށުމަށް ފަހު ފެނުކައްކާފައި)
100 ގްރާމް މަސްދަޅު
½ ޖޯޑު ފިޔާ (ކޮށާފައި)
75 ގްރާމް ޓޮމާޓޯ (ކޮށާފައި)
ޑްރެސިން އަށް ބޭނުންވާނެ ތަކެތި:
40 އެމްއެލް އޮލިވް އޮއިލް
1 މޭޒުމަތީސަމުސާ ވިނެގާ
1 މޭޒުމަތީސަމުސާ ޑިޖޯން މަސްޓަޑު
2 މޭޒުމަތީސަމުސާ ޕާސްލީ (ކޮށާފައި)
ރަހަލާ ވަރަށް ލޮނު އަދި އަސޭމިރުސް
50ގްރާމް މެޔޮނައިޒް
* ތައްޔާރު ކުރާނެ ގޮތް:
މެޔޮނެއިސް، މަސްޓަޑު، އޮލިވް އޮއިލް އަދި ވިނެގާކޮޅު ވަކިން ތައްޓެއްގައި އެއްކޮށް، ލޮނާއި އަސޭމިރުސްކޮޅެއް އަޅައިގެން ރަހަ ހެޔޮވަރުކޮށްލާށެވެ. އެއަށް ފަހު ފިޔާ، އަލުވި، މަސް، ޕާސްލީ އަދި ޓޮމާޓޯކޮޅު ވަކިން ތައްޓެއްގައި އެއްކޮށްލާށެވެ.
މީގެ ތެރެއަށް ކުރިން ތައްޔާރުކުރި ޑްރެސިންކޮޅު އަޅާލައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމުން ޑިޝް ތައްޔާރުކޮށްލެވުނީ އެވެ،