Last Updated: April 22, 06:16
Tuesday, April 22, 2025
ޚަބަރު

އަންހެން އޮފިސަރުންގެ ރެއިޑެއް، 17 މީހަކު އަތުލައިގެންފި

އިމިގްރޭޝަންގެ އަންހެން އޮފިސަރުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

އަންހެނުންގެ ދުވަހާއި ގުޅުވައިގެން އިމިގްރޭޝަނުގެ އަންހެނުން އޮފިސަރުން އިއްޔެ ކުރިއަށް ގެންދިޔަ މި ރެއިޑްގައި ބަލާފައިވަނީ ބިދޭސީންނަށް ހާއްސަ އެކޮމޮޑޭޝަން ބްލޮކަކާއި، ކެފޭއަކާއި، ހުޅުމާލޭގެ ފިހާރައެކެވެ.

މި ރެއިޑް އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅޭ 17 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރޭގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. އަދި އޭގެ ތެރެއިން 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޑިޕޯޓްކޮށްފައިވެ އެވެ.