ނުވަ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ އެއްބްސްވުމުގައި ސޮއިކޮށްފި އެވެ.
މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އިތުރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ. އަދި ރައީސްގެ ވައުދާއި އެއްގޮތަށް ޞިއްޙީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.
އެމްޓީސީސީ އާއި ޙަވާލުކުރެވުނު މަސައްކަތް
ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 26,878,072.40ރ
ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 27,219,325.40ރ
ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105,360,655.93ރ
ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105,132,701.20ރ
ރޯޑް ޑިވެލޮމްޕަންޓް ކޯޕަރޭޝަން
ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 26,819,434.82ރ
ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި
ޕްރޮޖެކްޓުގެ އަގު: 23,113,061.08ރ
ހދ. ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 104,834,778.55ރ
އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 105,004,634.47ރ
ފެނަކަ ކޯޕަރޭޝަން
ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން
ޕްރޮޖެކްޓުގެ އަގު: 103,595,304.83ރ
ކޮންޓްރެކްޓަރ: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް