'ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025' ފަށައިފި އެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ރޭ ފެށި މި ފެސްޓިވަލްގައި އޮންލައިން އަދި އޮފީސް ގޭމިނގ މުބާރާތްތައް ބާއްވާއިރު މީގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ އަދި ޓެކެން ފަދަ ގޭމްތައް ހިމެނެ އެވެ.
ފެސްޓިވަލް ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ.
މި ފެސްޓިވަލްގައި ހިމެނޭ ކޮންމެ ގޭމެއްގެ 1 ވަނަ އަށް އަންނަ ފަރާތަށް 5،000ރ. ލިބޭނެއެވެ. ދެވަނަ އަށް 3،000ރ. ރުފިޔާ ލިބިގެންދާ އިރު ތިންވަނައަށް އަންނަ 2،000ރ. ލިބޭނެ އެވެ.