Last Updated: March 13, 11:58
Thursday, March 13, 2025
ޚަބަރު

އެމްޓީޑީސީގެ ދައުރު އިތުރު ކުރަން މަޝްވަރާކޮށްފި

ޓޫރިޒަމް ދާއިރާގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ހިއްސާ އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް އިސްކޮށް ހުންވައިގެން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމްޓީސީގެ ފަރާތުން އިސްކޮށް ހުންނެވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒެވެ.

އެބައްދަލުވުމުގައި ޓޫރިޒަމް ދާއިރާގައި އެމްޓީޑީސީގެ ދައުރު ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި އެމްޓީޑީސީގެ މުހިންމުކަން އިތުރުކުރުމާއި، ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ތަނުގައި އެމްޓީޑީސީން ދާއިރާއަށް އިތުރު ހިއްސާއެއް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި އެނެވެ.

"އެމްޓީޑީސީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް. އަޅުގަނޑުމެން ބޭނުން ވަނީ އެ ކުންފުނީގެ ޤާބިލުކަން އިތުރަށް ރަނގަޅުކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި އެމްޓީޑީސީގެ ހިއްސާ އިތުރުކުރުމަށް." މިނިސްޓަރު ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ މިނިސްޓަރާއެކު ބޭއްވުނު މި ބައްދަލުވުމަކީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ.

"ކުރިއަށް އޮތް ތާނގައި ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެން ތައްޔާރަށް މިތިބީ." އޭނަ ވިދާޅުވި އެވެ.

އެމްޓީސީ އަކީ ޓޫރިޒަމް ދާއިރާގައި ރައްޔިތުންގެ ހިއްސާވުން އިތުރު ކުރުމަށް ސަރުކާރުން 2007 ގައި އުފެއްދި ކުންފުންޏެކެވެ.