ސްރީ ލަންކާގެ އަންހެން ޑޮކްޓަރަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެ، އެކަން ސީރިއަސްކޮށް ތަހުގީގު ކުރަން ގޮވާލައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ރޭޕްގެ ޝިކާރައަކަށްވީ އަނޫރާދަޕޫރަ ޓީޗިން ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރަކަށެވެ. އޭނަ ރޭޕްކޮށްފައި ވަނީ ތޫނު އެއްޗަކުން ބިރު ވެސް ދައްކައިގެން ކަމަށް މީޑިއާތަކުން ބުންޏެވެ.
މިކަމާ ގުޅިގެން އަނޫރާދަޕޫރަ ޓީޗިން ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުން ވަނީ އެ މައްސަލަ ސީރިއަސްކޮށް ބަލައި، ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް ހަރުކަށި އަދަބު ގޮވާލައި މުޒާހަރާ ވެސް ކޮށްފަ އެވެ.
ލަންކާގެ ހެލްތު މިނިސްޓްރީން ބުނީ އެ މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން އިއްޔެ ވަނީ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފަ އެވެ. އެއީ 34 އަހަރުހެ މީހެކެވެ. ނަމަވެސް އެ މީހާގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.