Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ރޯދަ އިނާޔަތް ނުދީގެން 33 ޝަކުވާއެއް

މި ރޯދަ މަހުގެ ފުރަތަމަ ދިހައެއް ފާއިތުވި އިރު ރޯދަ މަހުގެ ޢިނާޔަތް ނުދޭ ކަމަށް ބުނެ 33 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ލޭބަ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން ބުނެފި އެވެ.

އެތަނުން މިހާރު އަންނަނީ އެ ޝަކުވާތައް ބަލަމުންނެވެ.

ރޯދަ އެލަވަންސް ނުދީފި ނަމަ ފުރަތަމަ ނަސޭހަތްތެރިވެ، އެކަން ތަކުރާރުވެއްޖެނަމަ 5000-50،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ލޭބަ ރިލޭޝަން އޮތޯރިޓީ އަށް ލިބިގެންވެ އެވެ.

ވަޒީފާއާބެހޭ ގާނޫނުގައި ބުނާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރުފިޔާ ދޭން ޖެހޭނެ އެވެ. އަދި މި އިނާޔަތް ރޯދަ މަސް ފެށުމުގެ ކުރިން ދޭން ޖެހެ އެވެ.

މި އަހަރުގެ ރޯދަމަހުގެ އިނާޔަތް މިދިޔަ މަހުގެ 20 ވަނަދުވަހު ކުރިން މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން ވެސް އޮތީ އަންގައިފަ އެވެ.