ޕާސްލީ އަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ ފަތެކެވެ. ރާއްޖޭގައި އާންމުކޮށް ހައްދާ ނޫޅުނަސް، މިއީ ބޭރުން ގިނަ އަދަދަކަށް ރާއްޖެ އެތެރެ ކުރާ، ވަރަށް ފައިދާ ހުރި ފެހި ފަތެކެވެ. ގިނަ މީހުންނަށް ޕާސްލީ އަކީ ހަމައެކަނި ކާއެއްޗެހި ރީތިކޮށްލުމަށް ބޭނުން ކުރާ ފަތެއް ކަމަށް ހީވިޔަސް، މި ފަތުގައި ހިމެނޭ ގިނަގުނަ ފައިދާތަކުގެ ސަބަބުން މިއީ ސިއްހަތަށް ވަރަށް މުހިންމު ފަތެކެވެ.
ޕާސްލީގައި އެކުލެވޭ އެންޓިއޮކްސިޑަންޓްސްގެ ތެރޭގައި ވިޓަމިން ސީ، ވިޓަމިން އީ އަދި ވިޓަމިން އޭ ހިމެނެއެވެ. މި މާއްދާތަކުގެ ސަބަބުން އުރަމަތީގެ ކެންސަރުން ދިފާއުކޮށްދިނުމާއި، އިންފެކްޝަނަކުން އަތުވެދާނެ ދުޅަވުންތަކުން ރައްކާތެރިކޮށް ދިނުން ފަދަ ފައިދާތައް ލިބެ އެވެ.
ޕާސްލީން ލިބޭ އެހެނިހެން ފައިދާތަކުގެ ތެރޭގައި:
* ހަންގަނޑު ތާޒާކޮށް ބެހެއްޓުން
* ރޫތައް އެރުން ދުރުކުރުން
* ރާއްޖެބަލި ފަދަ ބަލިތަކުން ރައްކާތެރިވުން
* ހުޅުތައް ދުޅަވުމާއި ތަދު އިހުސާސްވުން މަދުކުރުން
* ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިވުން
* އަލްޒެއިމާ އަދި ޕާކިންސަން ފަދަ ބަލިތަކުން ރައްކާތެރިވުން
* ކަށިތައް ވަރުގަދަކުރުން
* ހަޖަމުގެ ނިޒާމު ރަނގަޅުކުރުން
* އަނގައިގެ ސާފުކަން ދެމެހެއްޓުން
* ބްލެޑާ އިންފެކްޝަންތަކުން ދުރުކުރުން
* ހިތުގެ ބަލިތަކުން ދިފާއުކުރުން
* ލޮލަށް ތާޒާކަން ގެނެސްދިނުން
މީގެ އިތުރުން މަސް ފަދަ ތަކެތި ގްރިލް ކުރާއިރު، އޭގެ މައްޗަށް ޕާސްލީ ކޮޅެއް ވިއްސާލުމުން، މަސް ފިހެވިގެންދާ އިރު އަދައިގެން ދިއުމުން އުފެދޭ ކާބަންތަކުން ކެންސަރަށް މަގުފަހިކުރާ މާއްދާތައް ނައްތާލުމަށް އެހީތެރިވެދެ އެވެ.
އެހެންކަމުން، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ޕާސްލީ އަކީ ލުއި ކެއުމެއްގައި އެކަށީގެންވާ މިންވަރަކަށް ބޭނުންކު ރަން އެންމެ ރަނގަޅު ފެހި ފަތެކެވެ. މި ފަތުގެ ގިނަގުނަ ފައިދާތަކަށް ބަލާއިރު، ދުވަހަކު ކޮންމެވެސް މިންވަރަކަށް ޕާސްލީ ކެއުމަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި ކަމެކެވެ.
މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ