* ބޭނުންވާ ތަކެތި:
1 ސައިސަމުސާ ބަޓަރު (ލޮނުނުލާ)
1 ބިސް
4 މޭޒުމަތީ ސަމުސާ ކިރު
2 ޕާން ފޮތި
ދެ އިނގިލި ކުރިން ހިފޭވަރުގެ ފޮނިތޮށިކޮޅެއް (ހިމުންކޮށް މުގުރާފައި)
1 މޭޒުމަތީ ސަމުސާ ކަދުރު ޕިއުރީ (ހިމުންކޮށް ޗަސްކޮށްފައި ހުރި ކަދުރު)
1 މޭޒުމަތީ ސަމުސާ އާފަލް ޕިއުރީ (ހިމުންކޮށް ޗަސްކޮށްފައި ހުރި ކަދުރު)
* ތައްޔާރު ކުރާނެ ގޮތް:
ބިސް، ފޮނިތޮށި، އާފަލް ޕިއުރީ، ކަދުރު ޕިއުރީ އަދި ކިރު އެޅުމަށްފަހު ރަގަޅަށް ގިރައިލާށެވެ. ޕާންފޮތީގެ ކައިރި ނެގުމަށް ފަހު ދެ ފަޅިކޮށްލާށެވެ. ދެން ގިރާފައިހުރި ބިހުގެ ތެރެއަށް ޕާން ފޮތިތައް ލާފައި ކުޑަކޮށް ފޯކޮށްލާނީ އެވެ. ދެން ތަވަޔެއްގައި ބަޓަރުކޮޅު އުނގުޅާލުމަ ށްފަހު ހޫނުވުމުން، މަޑު މުށިކުލައެއް އަރަންދެން ޕާން ފޮތީގެ ދެފުށް ރަނގަޅަށް ފިހެލާނީ އެވެ.
* މީގެ ފައިދާތައް:
ހަކަތަ: 305ކލ
ޕްރޮޓީން: 12ގ
ފެޓް: 20ގ
ދަގަނޑުގެ ބައި: 2މގ
ރެސިޕީ: އެގްރިކަލްޗަ މިނިސްޓްރީ