ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އުފަން ރަށް ލ. ފޮނަދޫގައި މިއަދު އިމާމުވެ، ހުކުރު ނަމާދު ކުރައްވައިފި އެވެ.
އަބްދުއްރަހީމް އިމާމުމެ ހުކުރު ކުރެއްވީ ފޮނަދޫގެ މަސްޖިދުލް ޢުލާގަ އެވެ. އަބްދުއްރަހީމް އަކީ ހުކުރު ކުރެއްވުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އަބްދުއްރަހީމް އިމާމުވެ، ހުކުރު ކުރެއްވި ފުރަތަމަ ފަހަރެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ނަޞްރުގެ މައްސަރު"، މި މައުޟޫއުގެ މައްޗަށެވެ.