Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ގެސްޓް ހައުސްއެއްގެ ވައިގޮޅި ތެރެއަށް މީހަކު ވެއްޓިއްޖެ

މާލޭގެ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 2:55 ހާއިރު މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތާއެކު އެ ސަރަހައްދަށް ގޮސް އެތަނުގައި ވެއްޓިފައި އޮތް މީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.