Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

އުއްދޫ ޕިކްނިކް އައިލޭންޑަކަށް ހުޅުވާލަން ތައްޔާރު ވަނީ

ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސި އެ އަތޮޅު އުއްދޫ އެކަނަށް ހުޅުވައިލަން ތައްޔާރުވުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށައިފި އެވެ.

އެ ގޮތުން ލޯކަލް މިނިސްޓްރީގެ ޓީމެއް އުއްދު އަށް ޒިޔާރަތްކޮށް އެ ތަނުގެ މިހާރުގެ ޙާލަތު ވަނީ ބަލައިފަ އެވެ. އަދި ދަތުރުދާ ރަށެއްގެ ގޮތުގައި ހުޅުވައިލާ އިރު އެ ރަށަށް ގެންނަންޖެހޭ ބަދަލުތަކާއި، އިންތިޒާމުތައް ހުންނަންޖެހޭ ގޮތް ދެނެގެންފައިވެ އެވެ.

މިނިސްޓްރީން ބުނީ އުންމީދަކީ ޓީމުގެ ދަތުރަށް ފަހު އެކުލަވައިލާ ރިޕޯޓުގެ އަލީގައި އުއްދު އަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަތޮޅުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އުއްދޫ ވަރަށް އަވަހަށް ހަމަޖެއްސުން ކަމަށެވެ.

އެ ރަށަށް ޒިޔާރަތްކުތި މިނިސްޓްރީގެ ވަފުދުގައި ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ އިބްރާހީމް ފަޔާޒާއި، ޔާމީން ޢަބްދުލްވައްހާބާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު ޢަބްދުﷲ އައުސްގެ އިތުރުން ޑިރެކްޓަރު ޢަލީ ޒާހިރު ހިމެނި ވަޑައިގަންނަވެ އެވެ.

ކުރިން އެގްރިކަލްޗަ މިނިސްޓްރީގެ ދަށުގައި އޮތް އުއްދޫ ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހު ރ. އަތޮޅަށް ކުރެއްވި މީދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރެ އެވެ.

އެެއާ އެކު ރަށް އެގްރިކަލްޗަ މިނިސްޓްރީން ވަނީ ލޯކަލް މިނިސްޓްރީ ހަވާލުކޮށްފަ އެވެ.