Last Updated: March 14, 22:03
Friday, March 14, 2025
ޚަބަރު

ފިތުރު އިދާ ގުޅިގެން އިތުރު ދުވަސްތަކެއް ބަންދު

ކުރިއަށް އޮތް ފތުރު ޢީދާ ގުޅިގެން އިތުރު ސަރުކާރު ބަންދު ދުވަސްތައް ސަރުކާރުން ހަމަޖައްސައިފި އެވެ.

އެގޮތުން، ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ، މިހާރު ކަލަންޑަރުގައިވާ ގޮތުގެމަތީން، މިމަހުގެ 31 ވާ ހޯމަ ދުވަސް ކަމަށް، އިސްލާމިކް މިނިސްޓްރީން ކަނޑައަޅަިއި އިޢުލާންކޮށްފި ނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސް ކަމުގައިވާ، މާޗު 31 އާއި އެޕްރީލް 1، އަދި 2 އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމައިފައި ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

އަދި މި މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މި މަހުގެ 30 ވާ އާދީއްތަ ދުވަހަކީ، ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ކަނޑައަޅަފި ނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސްކަމުގައިވާ، މާޗު 30، 31 އަދި އެޕްރީލް 1 އަށްފަހު، އެޕްރީލް 2 ވާ ބުދަ ދުވަހާއި، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅަން ވަނީ ނިމްމައިފަ އެވެ.

ރައީސް އެގޮތަށް ހަމަޖެއްސެވީ، ފިޠުރު ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާ އެކު ވީހާވެސް ގިނަދު ވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވައި ދެއްވުމުގެ މަޤްޞަދުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށް ފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ މަހުގެ 6 ގަ އެވެ.