ޕެންޝަން އޮފީހުގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި އެވެ.
ބޯޑަށް އައްޔަންކޮށްފައި ވަނީ ސަރުވަޝް އާދަމާއި އަބްދުލް މަޖީދު އަލީ އެވެ.
ސަރުވަޝް އަކީ ފިނޭންސް މިނިސްޓްގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމުން މިދިޔަ އަހަރުގެ ކުރީކޮޅު އިސްތިއުފާ ދެއްވި ބޭފުޅެކެވެ. އޭނަ ވަނީ ވަނީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމާއި މީރާގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
މަޖީދަކީ ވަނީ 2022 ގައި ވެސް ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ބޭންކް އޮފް ސިލޯނުގައި ވެސް މަސައްކަތް ކުރެއްވި އެވެ.
ޝަރުވަޝާއި މަޖީދު ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނެނީ އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ބޭފުޅުންގެ ގޮތުގައެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ތިއްބަވާ މެންބަރުން:
* ޑރ. އަހުމަދު އިނާޒް: ބޯޑުގެ ޗެއާޕާސަން
* އަޝްރަފް ރަޝީދު: ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ މެމްބަރު
* ޝިފާޒާ ވަޖީހު: ސޯޝަލް ސެކިއުރިޓީ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު
* ފާތިމަތު އަބްދުﷲ ކަމާލުއްދީން:ސެކިއުރިޓީޒް މާކެޓް ރެގިއުލޭޓާ ތަމްސީލުކުރައްވާ މެމްބަރު
* މިޒްނާ މުހައްމަދު: އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރައްވާ މެމްބަރު
ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނެނީ 7 މެންބަރުންނެވެ. މެމްބަރެއްގެ ދައުރަކީ ތިން އަހަރެވެ.