މާލޭގެ ކާނިވާ ސަރަހައްދުގައި ހުރި ސްޓޭޖު ތަޅާލައި އެތަނުގައި އާ ސްޓޭޖެއް އަޅަން ހަވާލުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން 4.8 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ ޔޫއެޗް އިންވެސްޓްމަންޓާ އެވެ. މަސައްކަތް ނިންމަން ދީފައި ވަނީ 140 ދުވަހެވެ.
މީގެ ކުރިން ކުރިން އެކި ޝޯތަކާއި ސިޔާސީ ޕާޓީތަކުން އެކި ހަރަކާތްތައް ބޭއްވި ކާނިވޤާ ސްޓޭޖަކީ މިހާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަނެކެވެ.
ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެތަނުގައި އެކި ހަރަކާތް ބޭއްވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ކުރިން ވިދާޅުވެފައިވެ އެވެ.