"ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް" ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ޔޫތު މިނިސްޓްރީން އުރީދުއާ ގުޅިގެން މި މަހުގެ 12 ގައި ފެށި ފެސްޓިވަލްގެ ފައިނަލް އިވެންޓް ބޭއްވީ ރޭގަ އެވެ. މި ފެސްޓިވަލްގެ ފައިނަލްގައި ކުޅުނު ތިން ގޭމަކީ ޕަބްޖީ އާއި ޓެކަން އަދި އީއޭ އެފްސީއެވެ.
އުރީދޫ ނޭޝަން "ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް" ގެ ޕަބްޖީ މޯބައިލް ގޭމްގެ ބައިން އެއްވަނަ ހޯދީ އެލްއެފް ސްކައިފޯސް އެވެ. ދެވަނަ އެސްޑީއެމްޒެޑް ހޯދި އިރު، ތިންވަނަ އަކީ ސިންޑިކޭޓް ޓީމުންނެވެ.
ޓެކަންގެ އެއްވަނަ ތަބިޝް ހޯދިއިރު ދެވަނަ ހޯދީ ޔޫހު އެވެ. މި ގޭމްގެ ތިންވަނަ ހޯދީ އަޝްވާނެވެ. އަދި އީއޭ އެފްސީ ގޭމުން އެއްވަނަ ހޯދީ ނައްސާމް އާއި ޔުމާން އެވެ.
ދެވަނަ ހޯދީ އިނާން އާއި ޖަނާން އެވެ. ތިންވަނަ ހޯދީ ޒަޔާން އާއި އަލްޔާން އެވެ.
މުބާރާތުގެ ނިމުން ޝަރަފުވެރިކޮށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.