Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

ބީއެމްއެލްގެ ކާޑުގެ ހިދުމަތްތަކަށް ބުރޫ އަރައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑްގެ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

އެގޮތުން އޭޓީއެމްތަކާއި ޕީއޯއެސްތަކުން ވެސް މި ވަގުތު ކާޑުގެ މުއާމަލާތްތަކެއް ނުކުރެވެ އެވެ.

މިކަމާ ގުޅިގެން ބީއެމްއެލް އިން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ދިމާވި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކުރިން ލަފާ ކުރި ވަރަށް ވުރެ މި ކަމަށް ވަގުތު ނަގާނެ ކަމަށެވެ. އެހެންވެ މެންދުރު ފަހު 2:30 އާ ހަމައަށް ކާޑުގެ ހިދުމަތްތައް ހޯދުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ބުންޏެވެ.

ބޭންކުން ވަނީ މިކަމަށްޓަކައި ކަސްޓަމަރުންގެ ފަރާތުން މައާފަށް ވެސް އެދިފަ އެވެ.