Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

އާއިލާއާ ބެހުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެއް ނޫން

ޅަ ދަރިންގެ ހައްގުތަކަށް އަރައިގަތުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން މިހާރު ސިލްސިލާކޮށް މާލޭގައި ކުރިއަށް ގެންދާ މުޒާހަރަތާކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މުޒާހަރާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ސައީދު ވިދާޅުވީ ރައީސްގެ ޢާއިލާ އާއި އެމަނިކުފާނުގެ ޅަދަރީންގެ ޙައްގުތަކަށް އަރައިގަތުމަކީ ސަރުކާރު ޖަވާބުދާރީ ކުރުމެއް ނޫން ކަމަށެވެ.

"މިހާ ދަށު ދަރަޖައިގެ ކަމެއް ކުށްވެރި ކުރުމުގެ ބަދަލުގައި، އިދިކޮޅު ބައެއް ލީޑަރުން މިކަން ދިފާޢު ކުރުމަކީ ގޮތްކުޑަ ލަދުވެތި އަމަލެއް." އޭނަ ވިދާޅުވި އެވެ.