Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ހަނިމާދޫން ބެންގަލޫރަށް ދަތުރުތައް ފަށަނީ

މިހާރު ވެސް ހަނިމާދޫން އިންޑިއާގެ ޓްރިވެންޑަރަމަށް ދަތުރުތައް ބާއްވަމުން އަންނަ މޯލްޑިވިއަނުން ހަނިމާދޫން ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

މިކަން މިއަދު އިއުލާންކޮށް ގައުމީ އެއާލައިނުން އެ ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 15 އިން ފެށިގެން ކަމަށެވެ. އެގޮތުން ކޮންމެ ހަފުތާއެެއްގެ އާދީއްތަ އާއި ބުރާސްފަތީގައި ދަތުރުތައް ބާއްވާނެ ކަމަށް ބުންޏެވެ.

ހަނިމާދޫން ބެންގަލޫރަށް ފަށާ ދަތުރުތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވައިލަން ވެސް ވަނީ ނިންމައިފަ އެވެ.

މޯލްޑުވިއަނުން ހަނިމާދު އާއި ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް ފެށީ 2013 ގަ އެވެ.