Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

75 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ހަދަން ހަވާލުކޮށްފި

އެންވަޔަރަމެންޓް މިނިސްޓްރީން 75 ރަށުގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ހަވާލުކޮށްފި އެވެ.

ދަރުބާރުގޭގައި ރޭ އޮތް ޚާއްސަ ރަސްމިއްޔާތެއްގައި 75 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއި އާރުޑީސީ އަދި ފެނަކަ ކޯޕަރޭޝަނާ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ ހަފުތާގައި ވަނީ 35 ރަށެއްގައި ކުނި މެނޭޖުމަންޓް ސެންޓަރުތައް ހެދުމާއި އަޕްގްރޭޑްކުރަން ހަވާލުކޮށްފައިވާ ކަމަށެވެ. އެއާއެކު ޖުމްލަ 109 ރަށެއްގައި ކުނި މެނޭޖުމަންޓް ސެންޓަރުތައް ހެދުމާއި އަޕްގްރޭޑްކުރަން ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަސައްކަތްތައް މި އަހަރުގެ ތިންވަނަ ކުއާޓާގެ ކުރިން ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ދެން ހުރި ރަށްތަކުގައި ފާއިތުވި އަހަރުތަކުގައި އެ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ކުނި މެނޭޖުމަންޓް ފެސިލިޓީތައް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށޭނެ ކުނި މެނޭޖުކުރާނެ ނިޒާމާއި ވަސީލަތްތައް މިއަހަރު ނިމުމުގެ ކުރިން ގާއިމުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވާފަ އެވެ.