Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

އާ ޑައިވިން ސައިޓަށް ބޯޓްތައް ފައްތައިފި

ޑައިވިން އަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި މާލެ ސަރަހައްދުގެ ޕިކްނިކް އައިލޭންޑް، ކުޑަގިރީގެ ފަޅުތެރެއަށް ދެ މަތިންދާބޯޓު ފައްތައިފި އެވެ.

އެ މަސައްކަތްކޮށްފައި ވަނީ އިއްޔެ އެވެ.

މިއީ އެޗްޑީސީ އާއި އެމްއެމްޕީއާރްސީގެ އިތުރުން އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

ކުޑަގިރި ފަޅަށް ފައްތާފައި ވަނީ ކުރިން އެއާ މޯލްޑިވްސްގައި ބޭނުންކުރި ޑޯނިއާ ދެ މަތިންދާބޯޓެކެވެ. މިކަން ކޮށްފައި ވަނީ އެކަމަށް ހާއްސަކޮށްގެން އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް އީއައިއޭ) ވެސް ހެދުމަށް ފަހު އެވެ. އީއައިއޭގައިވާ ގޮތުން ފެއްތި ބޯޓްތައް ހުރީ އެއްކޮށް ސާފުކޮށް އޮޔާއި ރާޅަށް ގުޑުން ކުޑަ ކުރުމަށްޓަކައި ފައި ތަނބުތަކެއް ޖަހައި ބަރުކޮށްފަ އެވެ.

ބޯޓުތައް ފެއްތި ސަރަހައްދުގައި މައިގަނޑު ގޮތެއްގައި މިހާރު އަދި ހުރީ މަށިވެލި ކަމަށާއި އެ ސަރަހައްދާ މާދުރު ނޫން ހިސާބުގައި ދިރޭގާ އެބަހުރި ކަމަށް އެ ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަށް ޑައިވިން އަށް އަންނަ އިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ހާއްސަ ޑައިވިން ސްޕޮޓްތަކެއް ވެސް އެބަހުއްޓެވެ.