ތައުލީމީ ދާއިރާގައި ވަރަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ އަދި އައްޑޫގެ ވަރަށް ގިނަ ބައެއްގެ ދިވެހި މުދައްރިސް އަހުމަދު ޝަރީފު މިއަދު ނިޔާވެއްޖެ އެވެ.
މަރަދު އަށް އުފަން ޝަރީފު މިއަދު ނިޔާވި އިރު، އުމުރަކީ 71 އަހަރެވެ. އޭނަގެ މައްޗަށް ކަށުނަމާދު ކުރަން ހަމަޖެހިފައި ވަނީ އަސްރު ނަމާދަށް ފަހު މަސްޖިދު އިހްލާސް (ބުރުޒު މިސްކިތް) ގަ އެވެެ.
ޝަރީފު ނިޔާވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނަނީ އޭނަގެ ހަނދާން އާކޮށް، ހިތާމަ ވެސް ފާޅުކުރަމުންނެވެ.
ޝަރީފަކީ ދިވެހި ބަހުގެ މުދައްރިއްސެއްގެ އިތުރުން ރާއްޖޭގެ ތާރީހު ވެެސް ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ މުދައްރިސެކެވެ.
ޝަރިފު ނިޔާވުމާ ގުޅިގެން މަރަދޫގެ ޝައިހެއް ކަމަށްވާ އަލީ ޝައުޒޫން ވިދާޅުވެފައުވަނީ މިއަދު މަރަދޫން ގެއްލިގެން އެ ދިޔައީ ދިވެހި ބަހާއި ދިވެހި ތާރީޚުގެ ޖަވާހިރެއް ފަދަ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުގެ މި އުސްތާޒުގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ!"