ދިވެހި ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ދީ، އެކަން ކުރި ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލްކޮށްފި އެވެ.
ހ. ހުޅުގަލީގެ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ނަގާފައިވާ އެޕާޓްމަންޓެއްގައި ސިނގިރޭޓް އުފައްދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ތަން ރެއިޑްކޮށް 49،000 ސިނގިރޭޓް ފޮށި ހޯދައިފަ އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ރޭޑިއަސްގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައިވާ ކަމަށާއި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރެވުނު ނަމަވެސް ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާ ކަމެކެވެ.