Last Updated: April 2, 22:48
Wednesday, April 2, 2025
ރިޕޯޓް

ރޯދަ ރަހަ: ކްރީމް އޮފް ލެންޓިލް ސޫޕް

* ބޭނުންވާ ތަކެތި:

1 ޖޯޑު ރަތް މުގު
1 ޖޯޑު ފެން
1 ޖޯޑު ފިޔާ (ކޮށާފައި)
1 މޭޒުމަތީސަމުސާ ލޮނުމެދު (ގާނާފައި)
1 ޖޯޑު ޓޮމާޓޯ (ކޮށާފައި)
1 ޖޯޑު ކެރެޓު (ކޮށާފައި)
3 މޭޒުމަތީސަމުސާ އޮލިވް އޮއިލް
1 ސައިސަމުސާ ދިރި
1 ޖޯޑު ކުކިންގް ކްރީމް
1 މޭޒުމަތީސަމުސާ ސިލާންޓްރޯ (ކޮށާފައި)
ކުޑަ ލުނބޯހުތްކޮޅެއް، ލޮނު އަދި އަސޭމިރުސް

* ތައްޔާރު ކުރާނެ ގޮތް:

ފުން ތަވައެއްގައި ތެޔޮކޮޅެއް ހޫނުކުރުމަށް ފަހު ފިޔާ، ލޮނުމެދާއި ދިރި އެއްކޮށް، ފިޔާކޮޅު ހަރުވެލަންދެން މީރުކޮށްލާށެވެ. ޓޮމާޓޯ، ކެރެޓު، ސިލާންޓްރޯ އެއްކޮށްލުމަށް ފަހު ހަތަރު ވަރަކަށް މިނިޓުވަންދެން މީރުކޮށްލާށެވެ. ދެން މީގެތެރެއަށް މުގުކޮޅު އަޅާލައި އެއް ޖޯޑު ފެން އެޅުމަށްފަހު ކައްކާލާށެވެ.

މުގުތައް މަޑުވަންދެން ކެއްކުމުން، އުނދުން މަތިން ބޭލުމަށްފަހު ކުޑަކޮށް ހިހޫވުމުން މިކްސަރަކުން ހިމުން ކޮށްލާށެވެ.

މިކްސަރުން އެއްކުރުމަށް ފަހު އަނެއްކާ ވެސް ތަވާގެ ތެރެއަށް އަޅައިލުމަށްފަހު ކުކިން ކްރީމް، ލުނބޯހުތްކޮޅެއް އަދި ލޮނާއި އަސޭމިރުސްކޮޅެއް އަޅައިލުމަށް ފަހު އެއްކޮށްލާށެވެ. ތައްޔާރުކު ރެވުނު ސޫޕްކޮޅު ވަކީން ތައްޓަކަށް އަޅައިލުމަށް ފަހު މައްޗަށް ސިލާންޓްރޯ އަދި ފިޔާކޮޅެއް އަޅާލައި ގާނިޝްކޮށްލާށެވެ.