Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

'ވިޔަފާރި އެހީ' ލޯނަށް ހުޅުވާލައިފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އެސްޑީއެފްސީގެ "ވިޔަފާރި އެހީ" ލޯނަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި ލޯނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤުޞަދުގައި ތަޢާރަފުކުރި ލޯނެކެވެ.

އެސްޑީއެފްސީން ބުނީ ފާއިތުވި އެއް އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރި ކުރަމުން އަންނަ ކޮންމެ ފަރާތަކަށްވެސް ލޯނަށް އެޕްލައި ކުރެވޭނެ ކަމަށެވެ. އެގޮތުން މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ޚަރަދުތައް ކުރުމަށް ލޯނު ބޭނުން ކުރެވޭނެ އެވެ.

އެސްޑީއެފްސީގެ ވެބްސައިޓުން ލޯނަށް އެދި ހުށަހެޅޭނެ އެވެ. ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިޔަން ރުފިޔާ އެވެ.

"ވިޔަފާރި އެހީ" ގެ ދަށުން ނަގާ ލޯނުގެ އަދަދު 700،000ރ. އަށް ވުރެ މަތިވާ ނަމަ ރަހުނެއް ދައްކަން ޖެހޭނެއެވެ. އަދި އިންޓްރެސްޓް ރޭޓުގެ ގޮތުގައި އަހަރަކު 9.5 ޕަސެންޓް އިތުރުވާނެއެވެ. މީގެ އިތުރުން ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން ހަ މަސް ދުވަސް ދޭއިރު، ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން ލިބޭނީ ފަސް އަހަރެވެ.