ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަންކުރެއްވި ފުއާދު ތައުފީގު، ސަފީރުކަމުގެ ފަތްކޮޅު ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އަށް އަރުއްވައިފި އެވެ.
ފުއާދު ތައިލެންޑްގެ ރަސްގެފާނަށް ފަތްކޮޅު އެރުވީ އެމަނިކުފާނުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ފުއާދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ދިވެހިންގެ ނަމުގައި ހެޔޮ އެދުންތައް ތައިލެންޑްގެ ރަސްގެފާނަށް އަރިސްކުރައްވާފަ އެވެ. އަދި ތަފާތު އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްުޔާރަށް ހުންނެވި ކަމަށް ފުއާދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު، ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް ފުއާދު އައްޔަންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 16 ގަ އެވެ.
ފުއާދު މީގެކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގަ އެވެ.