Last Updated: April 2, 22:48
Wednesday, April 2, 2025
ކުޅިވަރު

އެތުލެޓިކޯ ބަލިކޮށް ބާސާ އަލުން އެއްވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް 4-2 އިން ބަލިކޮށް ލީގުގެ އެއްވަނަ އަށް ބާސެލޯނާ އަލުން އަރައިފި އެވެ.

ބާސާ އެއްވަނައިގައި އޮތީ 27 މެޗުން 60 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ބާސާއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އޮތް ރެއާލް މެޑްރިޑަށް ވެސް 60 ޕޮއިންޓު ލިބިފައިވާއިރު ބާސާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި 28 މެޗުން 56 ޕޮއިންޓާ އެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ޖޫލިއަން އަލްވަރޭޒް ވަނީ އެތުލެޓިކޯ އަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 70 ވަނަ މިނެޓްގައި އެލެކްޒެންޑާ ސޯލޮތް ވަނީ އެތުލެޓިކޯ އަށް ލީޑު ފުޅާކޮށްދީފަ އެވެ.

އޭގެ ދެ މިނެޓް ފަހުން ރޮބަޓް ލެވެންޑޯސްކީ ބާސާގެ ފުރަތަމަ ގޯލު ވަނީ ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ ހަ މިނެޓް ފަހުން ފެރަން ޓޮރޭސް ބާސާ އަށް އެއްވަރުކޮށްދިން އިރު، މެޗުގެ 90 ވަނަ މިނެޓްގައި ލަމީން ޔަމާލްގެ ގޯލުން ބާސާ ވަނީ ލީޑު ނަގާފަ އެވެ. ބާސާގެ ލީޑު ފުޅާކޮށްދިނީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުތެރޭ ޓޮރޭސް އެވެ.

މި މެޗުން އެތުލެޓިކޯ ބަލިވިއިރު ރެއާލް މެޑްރިޑް އަތުން ބަލިވެ މިދިޔަ ހަފްތާގައި އެޓީމު ވަނީ ޗެމްޕިއަންސް ލީގުން ކަޓައިފަ އެވެ.