Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

އުރީދޫ "ކަރާ ފަޅައިގެން" މެލޭޝިއާ ދެކޮޅު ޓިކެޓް

މި ރޯދަ މަހު އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ "ކަރާ ފެޅުން މީމް ޗެލެންޖް" ގެ ނަސީބުވެރި ކަސްޓަމަރަކަށް ދެ މީހަކަށް މެލޭޝިއާ ދެކޮޅު ޓިކެޓް ދޭން ނިންމައިފި އެވެ.

މި ޗެލެންޖަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މަޖާ އަދި އެހާމެ ޝައުގުވެރި ގޮތަށް ކަރާ ފެޅުން މީމްތައް ކަސްޓަމަރުން އަންނަނީ ދައުރު ކުރަމުންނެވެ. މި ޗެލެންޖުގައި އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފެޅުމަށް ކަސްޓަމަރުން ކުރަމުންދާ ކަންކަމުގެ މަޖާ މީމްސް، ރީލް ނުވަތަ ޖިފް ބައިވެރި ކުރެވޭނެ އެވެ.

އުރީދޫން ބުނީ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓީކް އެއާ މެދުވެރިކޮށް މެލޭޝިއާ ދެކޮޅު ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެ އެވެ.

ކަރާ ފެޅުން މީމް ޗެލެންޖް ގައި ބައިވެރިވާނެ ގޮތް:

އެންޓްރީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުން
ހޭޝްޓެގް OoredooKaraaFelhun# ބޭނުންކުރުން
conciergegroupmaldives.mv@ ޓެގްކޮށްލުން

ޗެލެންޖްގެ އެންމެ ފަހު ސުންގަޑި އަކީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ 11:59 އެވެ.

އުރީދޫން ބުނި ގޮޔުގައި "ކަރާ ފެޅުން މީމް ޗެލެންޖް" މެދުވެރިކޮށް ކަސްޓަމަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހުޅުވާލުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.