Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

މަސް ބަންދުކުރާ ފެސިލިޓީ ހުޅުމާލެ އަށް

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިސްޑީބީ) ގެ އެހީގެ ދަށުން ކުރިން ކުރިން ކަނޑުއޮތްގިރީގައި ހަދަން ނިންމާފައި އޮތް މަސް ބަންދުކުރާ ފެސިލިޓީ ހުޅުމާލޭގައި ހަދަން ނިންމައިފި އެވެ.

މިފްކޯ އިން އެގޮތަށް ނިންމި ކެބިނެޓުން ނިންމި ނިންމުމަކާ ގުޅިގެންނެވެ.

އެ ކުންފުނިން ގޮތުގައިއެ ފެސިލިޓީ ހުޅުމާލޭގައި ހަދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިން ހަމަޖައްސައި ދިނުމާ ގުޅިގެން ކަނޑުއޮތްގިރި ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. އެވެ.

މި މަޝްރޫއު ހިންގަން ހަމަޖައްސާފައި ވަނީ އައިއެސްޑީބީން ހޯދާ 65 މިލިއަން ޑޮލަރުގެ ލޯނު އެހީގަ އެވެ. އެ ލޯނަށް މިފްކޯ އިން މިހާރު އެދިފައިވާ، ލޯނުގެ ދަށުން މައިގަނޑު މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ. ހުޅުމާލޭގައ ހަދާ މަސް ބަންދު ބަންދުކުރާ ފެސިލިޓީ އަކީ ދުވާލެއްގެ މައްޗަށް 35 ޓަނުގެ މަސް ބަންދުކުރެވޭ ގޮތަށް ހަދަން ނިންމާފައިވާ ތަނެކެވެ.

މިފްކޯއިން ބުނީ އެ މަޝްރޫއު ފެށުމަށްޓަކައި ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.