ކުދި އަދި މެދުފަންތީގެ ދަނޑުވެރިކަމުގެ މަޝްރޫއުތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮމަން ފަންޑް ފޯ ކޮމޮޑިޓީސް (ސީއެފްސީ) އިން ހުޅުވާލައިފި އެވެ.
އެގްރިކަލްޗަ މިނިސްޓްރީން ބުނީ އެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭހެ ދަނޑުވެރިންނަށް މިހާރު ހުޅުވާލާފައިވާ އިރު، މިއީ ދަނޑުވެރިންގެ ވިޔަފާރިތައް ފުޅާކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
ލޯނު ދިނުމުގައި އަންހެން ދަނޑުވެރިންނަށް އިސްކަން ދޭނެ އެވެ.
Common Fund for Commodities (CFC) has announced financial support for small to medium agribusiness projects.
Participants who are interested may submit their proposals to opencall@common-fund.org before 1st April 2025.
For more information, please refer to https://t.co/SUVklWVp17 pic.twitter.com/ChgZ6RQwEu— Ministry of Agriculture and Animal Welfare (@MAAWmv) March 16, 2025
ލޯނަށް ޕްރޮޕޯސަލް ހުށަހަޅުމުގެ ފުރުސަތު ވަނީ އަންނަ މަހުހެ 1 އާ ހަމައަށެވެ.
ލޯނަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އިޖާދީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭން ސީއެފްސީން އޮތީ ނިންމައިފަ އެވެ.